އަލް-ޢަސްރުގެ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
އަލް-ޢަސްރުގެ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
މި ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އޮކްޓޫބަރު 16 އަދި 17 ވަނަ ދުވަހު، ށ. މަރޮށީގައެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވޯކްޝޮޕްގައި މަޢުލޫމާތު ދެއްވާނީ ދީނީ ޢިލްމުވެރިޔާ އައްޝައިޚް ސާޖިދު މުޙައްމަދެވެ.

އަލް-ޢަސްރުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ވޯކްޝޮޕްގެ ތެރެއިން އިސްލާމްދީނުގައި ނަމާދުގެ މަތިވެރި މަޤާމާއި، ޠަހާރަތާއި، ވުޟޫގެ މުހިންމު ކަންކަން އުނގަންނައިދެވޭނެއެވެ. އަދި މީގެ އިތުރުން، ނަމާދު ފެށުމުގެ ތަކްބީރުން ފެށިގެން ސަލާމް ދިނުމާ ދެމެދުގައި ހިމެނޭ އެންމެހައި ޛިކުރުތަކާއި، ނަމާދުގެ ޙަރަކާތްތައް ޞައްޙަ ގޮތުގައި ކުރިއަށް ގެންދާނެ ގޮތްތައް ތަފްޞީލުކޮށް ކިޔައިދެވޭނެއެވެ.
"ލޯތަކުގެ ފިނިކަން" ވޯކްޝޮޕަކީ ޢާންމުގޮތެއްގައި އަލް-ޢަސްރުން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ. ނަމަވެސް، އެ ޖަމްޢިއްޔާއަށް އެދި ހުށަހެޅުމުން ރަށްރަށުގައާއި އެކި އޮފީސްތަކުގައި ވެސް މި ވޯކްޝޮޕް އިންތިޒާމުކޮށްދެމުން އަންނަ ކަމަށް އަލް-ޢަސްރުން މަޢުލޫމާތު ދެއެވެ.
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް